ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ޓިކްޓޮކް ޖޫރިމަނާކޮށްފިއެވެ.
އީޔޫއިން ޓިކްޓޮކް ޖޫރިމަނާކުރީ ޖެނަރަލް ޑާޓާ ޕްރޮޓެކްޝަން ރެގިއުލޭޝަންއާ ހިލާފުވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ޖޫރިމަނާގެ އަދަދަކީ 379 މިލިއަން އެމެރިކާ ޑޮލަރެވެ.
އީޔޫ އިން ވަނީ ކުޑަކުދިންނާ ގުޅޭ ޑޭޓާތައް ރައްކާތެރިކުރުމުގައި ޓިކްޓޮކް ފެއިލް ވެފައިވާ ކަމަށް ބުނެފައެވެ.
އީޔޫގެ އެއް އިދާރާ އައިރިޝް ޑާޓާ ޕްރޮޓެކްޝަން ކޮމިޝަން އިން ވަނީ ޓިކްޓޮކް ޖޫރިމަނާ ކޮށްފައިވަނީ ތިން މަސްދުވަހު ދިރާސާކުރުމަށް ފަހު ބަދަލެއް ނައުމުން ކަމަށް ބުނެފައިވެއެވެ.
ޓިކްޓޮކް އިން ވަނީ އީޔޫ އިން ކުރި ޖޫރިމަނާއާއި މެދު ހިތްހަމަނުޖެހުން ފާޅު ކޮށްފައެވެ. ޓިކްޓޮކްގެ ތަރުޖަމާނު ނެރެފައިވާ ބަޔާނުގައި ވާގޮތުން ޓިކްޓޮކް އިން އެ ފިޔަޅާ މެދު ދެކޮޅުހަދައެވެ. ޑާޓާ ޕްރޮޓެކްޝަން ކޮމިޝަނުން ފާހަގަކުރި ކަންކަން ރަނގަޅު ކޮށްފައިވާ ކަމަށާއި ޓިކްޓޮކްގައި ކުޑަކުދިންގެ އެކައުންޓްތައް ހުންނާނީ ޑިފޯލްޓްކޮށް ޕްރައިވެޓް އަށް ބަދަލުވެފައިކަމަށް ވެސް ބުނެފައިވެއެވެ.
ޓިކްޓޮކް އިން ވަނީ އެޅި ފިޔަވަޅާމެދު ހިތްހަމަ ނުޖެހި އެ މައްސަލަ އަޔަލެންޑުގެ އިދާރާތަކަށް ހުށަހެޅުމަށް ނިންމާފައެވެ.