ހުޅުމާލެ-މާލެ ހައިވޭގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓެއްގައި ސޯލާ ޕެނަލް ސްޓްރަކްޗާއަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
ފުލުހުން މިއަދު ބުނީ ހައިވޭ ހަތަރު ލޭނުން ހުޅުމާލެއިން މާލެއަށް ދަތުރުކުރި ޓެކްސީއެއް ކޮންޓްރޯލް ނުވެ ގޮސް ސޯލާ ޕެނަލް ތަކުގައި ޖެހި އެކްސިޑެންޓެއް ހިންގާފައިވާ ކަމަށެވެ. އެކްސިޑެންޓްގެ މައުލޫމާތު ފުލުހަށް ލިބިފައިވަނީ މިއަދު ހެނދުނު 7:10 ހާއިރެވެ.
ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީޖަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. ނަމަވެސް ޓެކްސީއަށާއި ސޯލާ ޕެނަލްތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ސޯލާޕެނަލް ސްޓްރަކްޗާއަކީ ވޯލްޑް ބޭންކުގެ އެހީގައި ހުޅުމާލެ-މާލެ ހައިވޭ ސަރަހައްދުގައި ކުރިއަށް ގެންދާ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ) ގެ ދަށުން ސޯލާ ޕެނަލް ހަރުކުރުމަށް ތައްޔާރުކޮށްފައިވާ ސްޓްރަކްޗާއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު