އިސްރާއީލުގެ ހޮހޮޅައަކުން 1900 އަހަރު ވެފައިވާ ކަނޑިތަކެއް ހޯދައިފިއެވެ.
ޑެޑް ސީގެ އައްސޭރިފަށުގައި ހުރި ހޮހޮޅައަކުން ފެނިފައިވާ ހަތަރު ކަނޑި ނިސްބަތް ވަނީ ރޯމަނުންނާ ކަމަށް އާކިއޮލޮޖިންޓުން ބުނެއެވެ.
ދިރާސާ ކުރާ ފަރާތްތަކުން ވަނީ 1900 އަހަރު ވެފައިވާ ކަނޑިތަކެއް ފެނުމަކީ އަޖައިބުވާ ވަރުގެ ކަމެއް ކަމަށް ބުނެފައެވެ. ކަނޑީގެ އިތުރުން އެ ހޮހޮޅައިގެ ފާރުގައި ކުރަހާފައިވާ ކުރެހުންތަކެއްވެސް ފެނިފައިވެއެވެ.
ފުރިހަމައަށް ރައްކާތެރިކޮށްފައިވާ އެ ކަނޑިތައް ހުރީ ލެދަރު އުރައެއްގައި ކަމަށް ދިރާސާ ކުރާ ޓީމުން ބުނެއެވެ.
ފެނުނު ކަނޑިތަކުގެ ތެރެއިން ތިން ކަނޑިއެއްގެ ދިގު މިނުގައި 60 އާއި 65 ސެންޓިމީޓަރު ހުންނާނެ ކަމަށް އެމީހުން ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން ހަތަރުވަނަ ކަނޑީގެ ދިގު މިނުގައި 45 ސެންޓި މީޓަރު ހުރެއެވެ.
ކަނޑި ފެނުނު އިސްރާއީލުގެ ހޮހޮޅަ ހިމެނޭ ސަރަހައްދު އިތުރަށް ދިރާސާކޮށް އިތުރު ހޯދުންތަކެއް ހޯދުމުގެ މަސައްކަތް އާކިއޮލޮޖިންޓުން ވަނީ ފަށައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ