ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިސްމާއިލް ހަމީދު (ހައިރައިޒް އިއްސޭ) އެމްޑީޕީއާ ގުޅިއްޖެއެވެ.
ހައިރައިޒް އިއްސޭ ވަނީ އެމްޑީޕިއަށް ސޮއިކުރައްވައި، މެންބާޝިޕް ފޯމު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅަށް އަރުވައިފައެވެ.
އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު ހައިރައިޒް އިއްސޭ ވިދާޅުވީ އޭނާ އެމްޑީޕީއާ ގުޅުނީ، ރައީސް ސޯލިހަކީ ހުރިހާ ހިޔާލެއްގެ މީހުން ގޮވައިގެން އެއްވެސް މީހަކު ބާކީ ނުކޮށް އެކީގައި އުޅުމުގެ ގާބިލުކަން ހުރި ބޭފުޅެއް ކަމަށްވާތީ ކަމަށެވެ.
"ކަންކަން ކުރަން ހަޅޭއްލަވަން ނުޖެހޭނެކަން ހާމަކޮށްދެއްވައިފި،" އިއްސޭ ވިދާޅުވިއެވެ.
އިއްސޭ އިތުރަށް ވިދާޅުވީ، ކޮވިޑް ތެރޭގައި ރާއްޖެ ހުޅުވައި، ރާއްޖެއަކީ ދުނިޔޭގެ އެއްވަނަ މަންޒިލުގެ ގޮތުގައި ވިދިވިދިގެން ތިން އަހަރު ބޭއްވީވެސް މި ސަރުކާރުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު