ދިރާގު ކަސްޓަމަރުންގެ އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރުތައް ފަސޭހަކަމާ އެކު ޗެކުކޮށް، މެނޭޖްކުރެވޭ "މައިސާވިސް" ޕޯޓަލް އެ ކުންފުނިން މިއަދު ލޯންޗުކޮށްފިއެވެ.
ދިރާގުން ބުނީ މިއީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން ދާދި ފަހުން އަމަލުކުރަން ފެށި މޯބައިލް ނަންބަރު ރެގިއެލޭޝަނާ ގުޅިގެން އައި މޯބައިލް ނަންބަރު ލިމިޓޭޝަންއާ އެކު ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ގެނެސްދިނުމަށް ތައާރަފުކުރި ޕޯޓަލެއް ކަމަށެވެ.
ރެގިއުލޭޝަންގައި ވާގޮތުން ދިވެއްސެއްގެ ނަންމަތީގައި ކޮންމެ ނެޓްވޯކެއްގައި އެންމެ ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ 10 މޯބައިލް ނަންބަރެވެ. އަދި ބިދޭސީންގެ ނަމުގައި ކޮންމެ ނެޓްވޯކެއްގައި އެންމެ ގިނަ ވެގެން ރަޖިސްޓްރީ ކުރެވޭނީ ތިން މޯބައިލް ނަންބަރެވެ. ނަމަވެސް މި ލިމިޓޭޝަންގައި ކުންފުނިތަކަށާއި ސަރުކާރުގެ އޮފީސްތަކަށް ނަގާފައިވާ ނަންބަރުތަކެއް ނުހިމެނޭނެއެވެ.
ދިރާގުން އަލަށް ތައާރަފުކުރި މައިސާވިސް ޕޯޓަލް މެދުވެރިކޮށް އެކުންފުނީގެ ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާ އެކު އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރުތަކުގެ އަދަދު ބަލައި، ހުއްދަ ދީފައިވާ ލިމިޓަށް ވުރެ އިތުރުވާ މޮބައިލް ނަންބަރުތަކަށް ބޭނުން ފިޔަވަޅެއް އެޅޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
ދިރާގު މައިސާވިސް ޕޯޓަލް މެދުވެރިކޮށްގެން 24 ނޮވެމްބަރު 2023 ގެ ނިޔަލަށް ކަސްޓަމަރުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރުތައް މެނޭޖް ކުރެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު