- ބ. ހިތާދޫން އަލީ އަފާފު ރަމީޒް
އަންނަ ދައުރުގައި ކޮންމެ ރަށަކާ ކައިރިން ޕިކްނިކް ދާނެ ރަށެއް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފިއެވެ.
ރިޔާސީ ކެމްޕޭނަށް މިރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުންގެ ފަރާތުން ލިބިގެންދާ އެއް ޝަކުވާއަކީ 55 އަހަރުވުމުން ވަޒީފާ ނުލިބޭ މައްސަލަ ކަމަށެވެ. އެގޮތުން އެކަމަށް ހައްލެއް ހޯދައިދިނުމަށް މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެން އެންމެ ގިނައިން ރައްޔިތުން އެދޭ އެއް ކަމަކީ ގިނަ ކޯސްތަކެއް އޮންލައިންކޮށް ކިޔެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށެވެ. އެކަންވެސް މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ރަށުގެ ރައްޔިތުން އެދުމުގެ މަތިން ހުރާ ގަނޑު ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މެނިފެސްޓޯގައި މިހާރުވެސް އޮންނާނެ ކޮންމެ ރަށަކަށް އެ ރަށަކާ ކައިރިން ޕިކްނިކް ދާނެ ރަށެއް ހަމަޖެހިގެންދާނެކަން،" ރައީސް ވިދާޅުވިއެވެ.
އަންނަ ދައުރުގައި މި ރަށަށް ކޮށްދެއްވަން ނިންމަވާފައިވާ ކަންކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ އެންމެ މުހިންމު އެއް ކަމަކީ މި ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ބިން ހިއްކުން ކަމަށެވެ.
"ކުރިއަށް އޮތް ދައުރުގައި މި ރަށުގެ ބިން ހިއްކިގެން ދާއިރު، ފަޅުތެރޭގައި ޕިކްނިިކްދާނެ ރަށެއް ތަރައްގީ ކޮށްދޭނަން. ބިން ހިއްކުމަށްފަހު ރައްޔިތުން ބޭނުންވާ ގޮތަށް ހައުސިން ޔުނިޓް ހަދައިދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެ އިތުރުން ޒުވާނުން ބޭނުންވާ ގޮތަށް އިންޑޯ ޖިމަކާއެކު ކޮމިއުނިޓީ ސެންޓަރެއް ގާއިމުކޮށްދެއްވާނެ ކަމަށާއި މި ރަށުގައި ބޯޓްޔާޑެއްވެސް ގާއިމުކޮށްދެއްވާނެ ކަމަށެެވެ. އަދި ޒުވާނުންނަށް ފުޓްސަލް ދަނޑަކާއި ފުޓްބޯޅަ ދަނޑެއް ގާއިމުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު