ދިރާގުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ދިރާގު ރޯޑުރޭސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިރާގުން މިކަން އާންމުކުރީ، އެ ކުންފުނީގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިއަހަރުގެ ރޯޑްރޭސް ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
ދިރާގުން ބުނީ ޖުމުލަ ތިން ކެޓަގަރީއަކަށް ބަހަލައިގެން ކުރިއަށްގެންދާ މި އިވެންޓް ކުރިއަށް ދާނީ ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ކަމަށެވެ. މިއަހަރުގެ ރޯޑުރޭސްގައި ޖުމުލަ 12 އެންޖީއޯއަކުން ބައިވެރިވެއެވެ. ދިރާގުން ބުނީ އެންޖީއޯތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމުގެ އިވެންޓްތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާނެ ކަމަށެވެ.
މި އަހަރުގެ ދިރާގު ރޯޑްރޭސްގައި، އެންމެ ދަށުން ބައިވެރި ވެވޭނީ އުމުން ހަތް އަހަރުގެ ކުދިންނަށެވެ. ދިރާގު ރޯޑްރޭސްގައި އެޅުމަށް ދޫކުރާ ބިބް ވެސް ދޫކުރާނީ އުމުރުން 7 އަހަރުން މަތީ، ރޭހުގައި ރަޖިސްޓްޓީވެފައިވާ ކުދީންނަށް ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. މި ރޯޑްރޭސްގެ ފުރަތަމަ ދުވުން ހަމަޖެހިފައިވަނީ އޮކްޓޯބަރު 27 ވަނަ ދުވަހުގެ ފަތިހު 3:30 ގައެވެ. އެއީ ހާފް މެރެތޮންއެވެ.
ދިރާގު ރޯޑުރޭސް 2023 ގެ 10 ކިލޯމީޓަރުގެ ދުވުންތެރިން ފަށާގަޑިއަކީ އެ ދުވަހުގެ ފަތިހު 5:30 އެވެ. އަދި 5 ކިލޯ މީޓަރު އޯޕަން ކެޓަގަރީގެ ދުވުންތެރިން ދުވުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ލިބިދާނެ އަނިޔާއަކުން ރައްކާތެރިވުމަށް، ދިރާގުން އެދެނީ ކުރިއަށް އޮތް ދެމަސްތެރޭ ރޭހުގައި ބައިވެރިވާން ބޭނުންވެވަޑައިގަންނަވާ ބޭފުޅުންނާއި ކުޑަކުދިންވެސް ދުވުމަށް ތައްޔާރު ވުމަށެވެ. އަދި އެއްވެސް ވަރަކަށް ރޭހަށް ތައްޔާރު ނުވެ ދުވުމުގައި ބައިވެރި ނުވުމަށްވެސް އެ ކުންފުނިން އެދެއެވެ.
ދިރާގު ރޯޑްރޭސް އެންމެ ފުރަތަމަ ފެށީ 2007 ވަނަ އަހަރުގައެވެ. ބައިވެރީންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން ދާތީ، މިހާރު އެ ރޭހުގެ ބައިވެރިންގެ އަދަދު 4000 ވަނީ ދަށްކޮށްފައެވެ. މި އަހަރުވެސް ދިރާގު ރޯޑުރޭސްގައި ވަނަވަނައަށް ބައިވެރީންނަށް އިނާމު ދިނުމަށް ހަމަޖހެިފައިވެއެވެ. މި ފަހަރުގެ ދިރާގު ރޯޑު ރޭސްގައި 2 ލައްކަ ރުފިޔާފެ ފައިސާގެ އިނާމު 5 އެންޖީއޯ އަކަށް ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު