ސިވިލް ކޯޓަށް މީހަކު ވަގަށް ވަން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން" އަށް މިރޭ ވިދާޅުވީ، މިއަދު 3:57 އެހާކަންހާއިރު ޖަސްޓިސް ބިލްޑިންގެ ދެވަނަ ފަންގިފިލާއަށް ހުއްދަ ނެތި މީހަކު ވަދެފައިވާކަމުގެ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިހާތަނަށް ބެލިބެލުމުން އެތަނުން އެއްވެސް އެއްޗެއް ވަގަށް ނަގައިފައިވާ ކަމަށް އެނގިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.