މޯލްޑިވްސް ކޮންޓްރެކްޓިންގް ކޮންޕެނީިއިން ކުރިއަށް ގެންދާ ބަހުގެ ހިދުމަތުގެ ތެރެއިން ހުޅުމާލެ ފޭސް އެކެއްގައި އިތުރު ދެ ބަސް ހުއްޓި ގާއިމްކޮށްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ހުޅުމާލެ ފޭސް އެކެއްގައި އިތުރު ދެ ބަސްހުއްޓި ގާއިމު ކުރީ ހުޅުމާލެ ޓްރީ ޓޮޕް ހޮސްޕިޓަލް އަދި އޮރެންޖް ފްލެޓްތައް ކައިރީ ކަމަށެވެ. މިއީ އާރު5 ގެ ރޫޓުގެ ސެޑިއުލުގައި ބަހުގެ ހިދުމަތް ހޯދާ ގިނަ ބަޔެއްގެ އެދުމުގެ މަތިން ގެނައި ބަދަލެއް ކަމަށްވެސް އެކުންފުނިން ބުނެއެވެ.

އެގޮތުން މި ރޫޓްގެ ސެޑިއުލް ދަތުރުތައް ކުރާނީ ހެނދުނު 6:00 އިން ރޭގަނޑު 10:30 އަށެވެ. މި ގެނައި ބަދަލާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށްހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެކުންފުނިން ވަނީ އެދިފައެވެ.

https://pbs.twimg.com/media/F3oCZo5aoAA_hDa?format=jpg

މިދިޔަ ހަފުތާގައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތައް ކައިރީގައި އިތުރު ބަސް ސްޓޮޕެއްވެސް ގާއިމުކޮށްފައެވެ. ބަސް ސްޓޮޕް ހަދާފައިވަނީ ޓަވަރު 16 ކައިރީގައެވެ.