Close Election
Close
ހޮލީވުޑް

މޭގަން އެނބުރި ހޮލީވުޑަށް

ދަ ޑަޗާސް އޮފް ސުސެކްސް މޭގަން މާކަލް އެނބުރި އެކްޓުކުރުމުގެ ތެރެއަށް އައުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތުގައި މޭގަން ވަނީ ހޮލީވުޑް ޓެލެންޓް އެޖެންސީއެއް ކަމަށްވާ ވިލިއަމް މޮރިސް އެންޑީވޯއާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

ޕްރިންސް ހެރީއާ ކައިވެނި ކުރުމުގެ ކުރިންވެސް އޭނާއަކީ މަގުބޫލު ހޮލީވުޑް ތަރިއެކެވެ. އެގޮތުން ޑްރާމާ ސީރީޒް "ސޫޓްސް" ގައި އޭނާ ކުޅެފައިވާ ރޭޗަލް ޒޭންގެ ރޯލު ފާހަގަކޮށްލެވެއެވެ. ނަމަވެސް އިނގިރޭސި ޝާހީ އާއިލާއާ ގުޅުމާއެކު އޭނާވަނީ ހޮލީވުޑް ދޫކޮށްލައިފައެވެ.

މޭގަން އާއި ހެރީ ޝާހީ އާއިލާއާ ވަކިވީ 2020 ވަނަ އަހަރުއެވެ. އޭރު ދިން އިންޓަވިއުގައި ހޮލީވުޑަށް ނުކުތުގެ ހިޔާލު އަދި ނުކުރާކަމަށް މޭގަން ބުނެފައިވެއެވެ.

ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި މޭގަން އެކްޓިން ދާއިރާއަށް ނުކުތުމަށް މަސައްކަތް ފަށާފައިވާއިރު އެކަމުގައި ފިރިކަލުން ޕްރިންސް ހެރީގެ އެއްބާރުލުން އޭނާއަށް އެއްކޮށް ލިބޭކަމަށެވެ.