އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް ގާނޫނެއް ހެދުމާއި ވަޒީފާ ހޯދުމަށް މަސައްކަތް ކުރާ މީހުންނަށް އިނާޔަތް ދޭން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
އެމްޑީޕީގެ "އުފާވެރި އަމާން ރާއްޖެ" މެނިފެސްޓޯ އިފްތިތާހުކޮށްފައިވަނީ މި މަހުގެ 8 ވަނަ ދުވަހު ދ. ކުޑަހުވަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައެވެ. އެ ދުވަހު އިފްތިތާހުކޮށްފައިވަނީ މެނިފެސްޓޯގައިވާ އުފާވެރި ދިރިއުމުގެ ބައެވެ.
އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުން ރޭ ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވަނީ މެނިފެސްޓޯގެ ދެ ވަނަ ބައި ކަމުގައިވާ "އާ ޒުވާން ޖީލު" އިފުތިތާހުކޮށްފައެވެ.
ރޭ އިފުތިތާހު ކުރި "އާ ޒުވާން ޖީލު"ގެ ބައިގައި ޒުވާން ވިޔަފާރިވެރިންގެ ވަނީ ބައެއް ކަންކަން ހިމަނައިފައެވެ. އެގޮތުން އެންމެ ބޮޑު ކަމަކަށް ހިމަނާފައި ވަނީ އުފެއްދުންތެރި އީޖާދީ މަސައްކަތްތަކަށް ހަމަ އަގު ހޯދައިދިނުމަށްޓަކައި ޕޭޓެންޓްތަކާއި ޓްރޭޑްމާކްތައް ރަޖިސްޓްރީކޮށް ޓްރޭޑް ކުރެވޭނޭ ޕްލެޓްފޯމެއް ގާއިމުކުރުމާއި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން އަންއެމްޕްލޯއިމަންޓް ބެނެފިޓްސް ތައާރަފުކުރުމެވެ.
- ޒުވާނުންގެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަށް މަގުފަހިކުރާނެ ޔޫތު އިނޮވޭޝަން ލެބް އަދި ޔޫތު އެންޓަޕްރިނިއަޝިޕް އިންކިއުބޭޓާސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުން
- ޒުވާނުންނަށް ހާއްސަ ސްޓާޓަޕް ލޯނު، އިކިއުޓީ ފައިނޭންސިންގް އަދި މައިކްރޮފައިނޭންސިންގް ލޯނު ތައާރަފުކުރުން
- ޖޮބް ސެންޓަރު ފުޅާކޮށް، ޒުވާނުންނަށް ހާއްސަކޮށް ކެރިއާ ގައިޑެންސް ސެޝަންތަކާއި ޖޮބް ފެއާތައް ބާއްވައި ޒުވާނުން އާމްދަނީ ހޯދުމަށް ހުރި ފުރުސަތުތަކަށް އަހުލުވެރިކުރުން
- އުފެއްދުންތެރި އީޖާދީ މަސައްކަތްތަކަށް ހަމަ އަގު ހޯދައިދިނުމަށްޓަކައި ޕޭޓެންޓްތަކާއި ޓްރޭޑްމާކްތައް ރަޖިސްޓްރީކޮށް ޓްރޭޑް ކުރެވޭނޭ ޕްލެޓްފޯމެއް ގާއިމުކުރާނެ
- ތަފާތު ފަންނުތަކުގެ ފަންނުވެރިންނަށް އަސާސީ ސާމާނާއެކު ޕްރެކްޓިސް އަދި ވޯކިންގް ސްޕޭސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާނެ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު