ދުނިޔެ

ކޭޕޮޕްގެ ކޮންސެޓަކާއެކު ކޮރެއާގެ ސްކައުޓް ކޭމްޕް ނިންމާލައިފި

މުހައްމަދު އައުޒަމް

ކޭޕޮޕްގެ ކޮންސެޓަކާއެކު ކޮރެއާގެ ސްކައުޓް ކޭމްޕް ނިންމާލައިފިއެވެ.

ރާއްޖެ ވެސް ހިމެނޭހެން، ދުނިޔޭގެ އެކި ކަންކޮޅުތަކުން 40،000 އަށްވުރެން ގިނަ ސްކައުޓުންގެ އިތުރުން ގައިޑުންނާއެކު ކޮރެއާގައި ކުރިޔަށްދިޔަ ކޭމްޕު ވަނީ މޫސުމީ މައްސަލަތަކުގެ ސަބަބުން ކޭމްޕު ނުނިމެނީސް ކޭމްޕު ކުރިޔަށްދިޔަ ސަރަހައްދު ހުސް ކުރަން ޖެހި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

ކޭމްޕު ހުސްކުުރުމަށް ފަހު ކޭމްޕުގެ ބައިވެރިން ކޮރެއާގެ އެކި ސިޓީތަކަށް ބަދަލުކޮށް ބޯހިޔާވަހިކަން ވަނީ ދީފައެވެ.

ކޭމްޕުގެ އޮފިޝަލުން ވަނީ ކޭމްޕުގައި ބައިވެރިން ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވާ ގިނަ ޓާސްކުތައް ނިމި ކޭމްޕު ނިންމާލުމަށް ހުކުރު ދުވަހު އެގައުމުގެ ވެރިރަށް ސޯލްގައި ހުންނަ ވޯލްޑްކަޕް ސްޓޭޑިއަމްގައި ހާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފައެވެ.

ކޮރެއާ ސަރުކާރުން ވަނީ ކޭމްޕު ހިނގި ސަރަހައްދުގައި ބައިވެރިން ކުރި ހިތްވަރާއި އެ ބައިވެރިންގެ ފަރާތުން ލިބުނު އެހީތެރިކަމުގެ ހަދިޔާއެއްގެ ގޮތުން އެގައުމުގެ މަޝްހޫރު ކޭޕޮޕް ބޭއްޑެއްގެ ހާއްސަ ކޮންސެޓެއް ނިންމާލުމުގެ ރަސްމިއްޔާތުގައި ކުރިޔަށް ގެންގޮސްފައެވެ.

ކޭމްޕް ނިންމާލުމުގެ ރަސްމިއްޔާތުގައި ވަނީ 2027 ވަނަ އަހަރުގެ ކޭމްޕު އޮންނާނީ ޕޮލެންޑުގައި ކަމަށް އިއުލާންކޮށް އެގައުމަށް ސްކައުޓުގެ ހާއްސަ ދިދަ އަރުވާފައެވެ.