މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދޭ އާރްޓީއެލް ބަހުގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތައް ކައިރީގައި އިތުރު ބަސް ސްޓޮޕެއް ހަދައިފިއެވެ.
އެމްޓީސީސީން ހުޅުމާލެ ފޭސް ދޭކަށް ބަސް ދަތުރުތައް ފެށީ ނިމިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. ހިޔާ ސަރަހައްދުގައި ދިރިއުޅޭ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން އިތުރު ބަސް ސްޓޮޕެއް ހަދާފައިވަނީ ޓަވަރު 16 ކައިރީގައެވެ. އަދި އާރުޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ އާރު6، އާރު7 އާރު8 އަދި އާރު9ގެ ބަސް ރޫޓުގެ ހިދުމަތް މިއަދުން ފެށިގެން އެޗް16ގައި ހަދާފައިވާ ބަސް ސްޓޮޕުން ލިބޭނެއެވެ.
އެމްޓީސީސީން ބުނީ އެ ކުންފުންޏަކީ އަބަދުވެސް ކަސްޓަމަރުންގެ ބޭނުންތަކަށާއި އުފެންދުތެރި ހިޔާލުތަކަށް އިސްކަންދޭނެ ކުންފުންޏެއް ކަމަށެވެ. އަދި ބަހުގެ ހިދުމަތާ ގުޅުންހުރި އިތުރު މައުލޫމާތު އެ ކުންފުނީގެ ހޮޓްލައިން ނަމްބަރު 1650 އަށް ގުޅާލުމުން ލިބޭނެ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު