ނ. ޅޮހި ބަނދަރު ތަރައްގީކުރުމުގެ މަސްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން މިއަދު ބުނީ ޅޮހި ބަނދަރު ތަރައްގީކުރުމުގެ މަސްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިދިޔަ ހޯމަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 66,701 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރީގެ ހާބާ ބޭސިން އަލުން ފުންކުރުމާއި 2,205 މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 321 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 95 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށާއި 366 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުންވެސް ހިމެނެއެވެ.

މީގެ އިތުރުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 1,720 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި މޫރިން ބޮއެ ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މި މަޝްރޫއުގެ އަގަކީ 64.8 މިލިއަން ރުފިޔާއެވެ.