އއ. އުކުޅަހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 72 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، އެ މަޝްރޫއުގެ ދަށުން މި ވަގުތު ކުރިއަށް ދަނީ ޖެޓީ ބީމްއާއި ސްލެބްގެ ޝަޓަރިން އާއި ރީއިންފޯސްމަންޓް އަދި ކާސްޓިންގެ މަސައްކަތްތަކެވެ.
މި މަޝްރޫއުގެ ދަށުން 4954 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި ފަސް މީޓަރު ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 484 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 264 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި ކަނެކްޓިވިޓީ ބްރިޖެއް ހެދުމާއި ކޮންކްރީޓް ޖެޓީއެއް ހެދުމާއި އޭޕްރަންއެއް ހެދުމާއި 1598 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި ނެރުބައްތިއާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.
ޖުމުލަ 40.3 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ އުކުޅަހުގެ އުމްރާނީ ތަރައްގީއަށް ހިންގޭ މުހިންމު މަޝްރޫއެއްކަން ފާހަގަކޮށްލެވެއެވެ.
އުކުޅަހު ބަނދަރުގެ މަސައްކަތް ކުރިއަށްދާއިރު، އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއުވެސް ކުރިއަށް އެބަދެއެވެ. އަދި ބިންހިއްކުމުގެ މަސައްކަތް މާދަމާ ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު