މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ނިއުމާ އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ވަކި ސަބަބެއް ހާމަ ނުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އޭނާ ފޮނުއްވި އިސްތިއުފާގެ ސޓީގައި ވަނީ މަގާމުން އިސްތިއުފާ ދެއްވާ ކަމަށާއި އޭނާއަށް އެ މަގާމު ދެއްވިކަމަށްޓަކައި ރައީސް ސޯލިހަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
ޕަބްލިކް ޕޮލިސީގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ނިއުމާ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު މިއަދު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރައްވައި އެ ޕާޓީއާ ގުޅިވަޑައިގެންފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ޑެޕިއުޓީ މިނިސްޓަރުގެ އިތުރުން ފާތިމަތު ނިއުމާ އަކީ ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ނައިބު ރައީސްއެވެ.
ޚަބަރު
ޚަބަރު
ޚަބަރު