ހއ. ފިއްލަދޫގައި ފެނާއި ނަރުދަމާ ނިޒާމު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިފްތިތާހްކޮށްދެއްވައިފިއެވެ.
ރައީސް މިއަދު ހއ. ފިއްލަދުއަށް ވަޑައިގެން ވަނީ އެރަށުގެ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރި ބައިވެސް ހުޅުވައިދެއްވައިފައެވެ.
ފިއްލަދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. އަދި އެރަށު ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތް ކޮށްފައި ވަނީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި އިމާރާތުގައި ޕަބްލިކް ހެލްތު ޔުނިޓަކާއި އިދާރީ އޮފީސް، ގަރާޖު އަދި ލޯންޑްރީ ހިމެނެއެވެ.
ރައީސް މިއަދު ވަނީ ހއ. ބާރަށަށް ވަޑައިގެން އެރަށުގެ ފުޓްސަލް ދަނޑު ރަސްމީގޮތުން ހުޅުވައިދެއްވައިފައެވެ. ރައީސް މިއަދު ހުޅުއްވައިދެއްވި ބާރަށު ފުޓްސަލް ދަނޑަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ދަނޑެކެވެ.
އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ރަށްރަށުގައި ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގައި ނިންމާފައިވާ އިރު، ރައީސް ސޯލިހް، މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައިދެއްވައި، ހިދުމަތްތައް ދަނީ އިފުތިތާހުކޮށްދެއްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު