ހއ. ފިއްލަދޫއިން ޢަލީ ޔާމީން (ވަން އޮންލައިން)
އިސްކުރަންވީ ގައުމުގެ މަސްލަހަތު ކަމަށާއި އޭގެ ސަބަބުން ނުކުންނަ ނަތީޖާ ރަނގަޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކޯލިޝަން ލީޑަރުންނާ އެކު ރައީސް ސޯލިހު މި ރަށަށް ވަޑައިގެން މި ރަށުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، އިންސާނުންވީތީ ހިޔާލުތަފާތުވުންތައް ހުންނާނެ ކަމަށާއި ނަމަވެސް މިއީ އިންތިހާބަށް ފޯކަސް ކުރަންވީ ވަގުތު ކަމަށެވެ.
"ހިޔާލުތަފާތުވުން ހުރެދާނެ އަޅުގަނޑުމެންގެ ތެރޭގައިވެސް ވަކިވަކި ފަރުދުންވީމާ އެކިއެކި ކަންތައް ހުންނާނެ. ނަމަވެސް މި ވަގުތަކީ އެ ހުރިހާކަމެއްގެ މައްޗަށް މުޅި ގައުމުގެ މަސްލަހަތު އިސްކުރަންވީ ވަގުތު. ތަފާތު ހިޔާލުތަކާއެކު ކުރިއަށްދާން އަޅުގަނޑުމެން ދަސްކުރަންވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިހާތަނަށްވެސް މަސައްކަތް ކުރައްވަމުން ގެންދެވީ ތަފާތު ހިޔާލުތަކާއެކުގައި ގައުމަށް އެންމެ ރަނގަޅު ގޮތް ހޯދައިދެއްވުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ، ގައުމީ މަސްލަހަތު އިސްކުރުމުން އެކަމުގެ ނަތީޖާ ރަނގަޅުވާނެ ކަމަށާއި އެކަމުން ގައުމަށް ވާނީ ފައިދާ ކަމަށެވެ.
ރައީސް ވަނީ ހިތްހަމަ ނުޖެހޭ ކަމެއް އޮތަސް އެކަމުގެ ޖަޒުބާތުގައި ވޯޓަށް އަސަރުކުރާ ކަމެއް ނުކުރުމަށް އިލްތިމާސްކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު