ށ. ފީވަކުން ޢަލީ ޔާމީން (ވަން އޮންލައިން)
މި ރަށު ބަނދަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
މި ރަށު ބަނދަރު ރައީސް ހުޅުއްވައިދެއްވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި ރަށަށް ވަޑަައިގެން އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ފީވަކު ބަނދަރު ތަރައްގީކޮށްފައިވަނީ އެމްޓީސީސީންނެވެ.
މި މަޝްރޫއުގެ ދަށުން 40،420 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 14،743 ކިއުބިކް މީޓަރު ނެރު ފުންކުރުމާއި، 474 މީޓަރު އެއްގަމު ތޮށި ލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި 356 މީޓަރުގެ ބޭރުތޮށި ލުމާއި 182 މީޓަރުގެ ރިވެޓްމެންޓާއި 27 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ އިތުރުން 2،320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.
މި މަޝްރޫއަކީ 67.6 މިލިއަން ރުފިޔާއަށް ޖުލައި 2، 2019 ގައި އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއެކެވެ. މި މަޝްރޫއު ނިންމަން ހަވާލުކުރީ 390 ދުވަހުގެ ތެރޭގައެވެ. އަދި މަޝްރޫއު މޮބިލައިޒްކޮށްފައިވަނީ 13 ސެޕްޓެމްބަރު 2019 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު