އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅަށް ފަހު، ށ އަތޮޅުގެ ބައެއް ރަށްރަށާއި ހދ އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް ފުރަތަމަ ވަޑައިގެންނެވީ، ށ އަތޮޅުގެ ވެރިކަން ކުރާ ފުނަދުއަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި ށ އަތޮޅު ފުނަދޫގެ އިތުރުން މާއުނގޫދުއާއި ޅައިމަގާއި މިލަންދޫއާއި ނަރުދޫގެ އިތުރުން ފީވަކަށް ވަޑައިގަންނަވާނެއެވެ. އެއަށް ފަހު ހދ އަތޮޅަށް ރައީސް ވަޑައިގަންނަވާނެއެވެ.

ރައީސް ށ އަތޮޅަށާއި ހދ އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި އެ އަތޮޅުގެ ރަށްރަށަށް ވަޑައިގެން ހަރުގެ ޖަލްސާތައް ބާއްވައި މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވާނެއެވެ.