އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު މިއަދު މަރުވެއްޖެއެވެ.
މަރުވެފައިވަނީ އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑާއެކު އުމްރާއަށް ގޮސް އުޅުނު ހއ. ދިއްދޫ/ ހިމާލިޔާ ފާތިމަތު ސޮބިއްޔާ ނަމަކަށް ކިޔާ 43 އަހަރުގެ އަންހެނެކެވެ. އޭނާ އުމްރާއަށް ގޮސް އުޅުނީ ފިރިމީހާއާއި މަންމަ އާއެކު ކަމަށް މައުލޫމާތު ލިބެއެވެ.
އަސްކޮއި ޓްރެވަލް ސާވިސްގެ އޮފިޝަލަކު "ވަން" އަށް މިރޭ ވިދާޅުވީ، ސޮބިއްޔާ މަރުވީ މިއަދު 11:45 އެހާކަންހާއިރު މައްކާގެ ހުދައިބިއްޔާ އެއްބަސްވުން ގާއިމުކުރި ތަނަށް ޒިިޔާރަތް ކުރުމަށްފަހު އެހެން ތަނަކަށް ދާން އެނބުރި ބަހަށް އެރި ފަހުން ކަމަށެވެ. އަދި ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށްވެސް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، އޭނާގެ ސިއްހީ އެއްވެސް މައްސަލައެއް ހުންނަކަން އެނގިފައެއް ނެތެވެ. އަދި އޭނާގެ ކަށު ނަމާދު މިއަދުގެ އިޝާ ނަމާދަށްފަހު މައްކާގެ މަސްޖިދުލް ހަރަމުގައި ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު