މިސްރުގައި އިމާރާތެއް ވެއްޓި ނުވަ މީހުން މަރުވެއްޖެއެވެ.
މިސްރުގެ ވެރިރަށް ކައިރޯގައި ހުންނަ ފަސް ބުރީގެ އެ އިމާރާތް ވެއްޓުމުގެ ހާދިސާގައި އިމާރާތު ދަށުގައި ތާށިވީ މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން އަންނަނީ ކުރަމުންނެވެ.
އިމާރާތް ވެއްޓުމާއެކު އެ ގައުމުގެ ސިވިލް ޕްރޮޓެކްޝަން އަދި ފުލުހުން ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ.
މިހާތަނަށް ކައިރޯގެ ކަމާބެހޭ އިދާރާތަކުން ކޮށްފައިވާ ތަހުގީގުން ހާމަވާގޮތުން އިމާރާތް ވެއްޓެން މެދުވެރިވެފައިވަނީ އިމާރާތުގެ ފުރަތަމަ ފަންގި ފިލާގައި ހުއްދަ ނުހޯދައި ކުރި މަސައްކަތެއްގެ ސަބަބުން ކަމަށެވެ. އިމާރާތުގެ ފުރަތަމަ ފަންގިފިލާއަށް ބަދަލު ގެނައުމަށް ޓަކައި އިމާރާތުގެ މައި ފާރުތައް ވަނީ ތަޅާލައިފައެވެ. އެކަމުގެ ސަބަބުން އިމާތާރުގެ ލޯޑް ބެއަރިންގަށް އަސަރުކުރުމުގެ ސަބަބުން އިމާރާތް ބިމާ ހަމަވީ ކަމަށް ވަނީ ބެލެވިފައެވެ.
ކައިރޯގެ ގަވަރުނަރު ވަނީ އިންޖިނިއަރުންގެ ހާއްސަ ޓީމެއް އުފައްދައި ފުރިހަމަ ތަހުގީގެއް ފަށާފައެވެ. އަދި ކައިރީގައި ހުރި އިމާރާތްތަކުން މީހުން ހުސްކޮށް ވެއްޓުނު އިމާރާތް ހިމެނޭ ސަރަހައްދު ތަހުގީގީ ބޭނުމަށް ވަނީ ބަންދު ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ