އުރީދޫ މޯލްޑިވްސްއިން އޭވިއޭޝަން ސާވިސަސް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ގޯލްޑް އަދި ޕްލެޓިނަމް ކްލަބް ޕްރިމިއާ މެންބަރުންނަށް ހާއްސަ އޮފާއެއް ތައާރަފުކޮށްފިއެވެ.
އުރީދޫ މޯލްޑިވްސް އިން މިއަދު ބުނީ އެކުންފުނީގެ ކްލަބް ޕްރިމިއާގެ މެންބަރުންނަށް ރާއްޖޭގައި އޮޕަރޭޓްކުރާ އެއާލައިނެއް ކަމަށްވާ އިންޑިގޯ އެއާލައިންސްގެ ފްލައިޓް ޓިކެޓުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓު މިހާރު ލިބޭނެ ކަމަށެވެ. މި ހާއްސަ އޮފާގެ ބޭނުން ހިފުމަށް ކްލަބް ޕްރިމިއާ ގޯލްޑް އަދި ޕްލެޓިނަމް މެންބަރުން ޓިކެޓް ގަންނަ އިރު ހ. ގާދޫ ބިލްޑިންގްގެ ދެވަނަ ފަންގިފިލާގައި ހުންނަ އޭވިއޭޝަން ސަވިސަސް މޯލްޑިވްސްއަށް ޒިޔާރަތްކޮށް، އުރީދޫ އެޕްމެދުވެރިކޮށް ޑިޖިޓަލް ކްލަބް ޕްރިމިއާ ކާޑު ދައްކާލަން ޖެހޭނެ ކަމަށާއި އޭވިއޭޝަން ސާވިސަސް މޯލްޑިވްސްގެ ޓީމުން ކްލަބް ޕްރިމިއާގެ މެންބަރުންނަށް ޑިސްކައުންޓް ފްލައިޓް ޓިކެޓް ފަސޭހަކަމާއެކު ކަށަވަރުކޮށްދޭނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނީ އެ ކުންފުންޏާއި އޭވިއޭޝަން ސާވިސަސްއާ ދެމެދު ގާއިމުކުރި މި ސްޓްރެޓެޖިކް ޕާޓްނާޝިޕަކީ ކްލަބް ޕްރިމިއާގެ މެންބަރުންގެ ދަތުރު ފަތުރު ކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ފްލައިޓް ޓިކެޓުން ބޮޑު ސޭވިންއެއް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން އުފައްދާފައިވާ ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ކަމަށެވެ.
އުރީދޫ މޯލްޑިވްސްއަކީ ކަސްޓަމަރުންނަށް އަގުހުރި ހިދުމަތެއް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތްކުރާ ކުންފުންޏެއް ކަމަށާއި މި ހާއްސަ އޮފާއާއި އެކު ގިނައިން ދަތުރުފަތުރު ކުރާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު