ކުދިކުދި އާބާދީތަކަށް ކުރީގެ ސަރުކާރުތަކުން އިހުމާލުވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ރަތްމަންދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ, ރަތްމަންދޫއަކީވެސް އާބާދީ ކުޑަވުމުން ސަރުކާރުތަކުން އިހުމާލުވެފައި އޮތް ރަށެއް ކަމަށެވެ.
ނަމަވެސް ރާއްޖޭގައި ބޮލަކަށްޖެހޭ 12,000 އަށްވުރެ ގިނަ ޑޮލަރު ޖެހޭއިރު ރާއްޖޭގެ އެއްވެސް ރައްޔިތަކު އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައި ހުރެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި, ކުދިކުދި ރަށްތަކުގައި އުޅޭ މީހުންނަކީ ރިޔާސީ ރޭހަށް ނުކުމެ އުޅޭ ބަޔަކަށް މުހިންމު ބަޔަކަށް ނުވި ނަމަވެސް މި ސަރުކާރުން ވިސްނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ.
އެގޮތުން މި އަހަރު ނިމެންވާއިރަށް ރަތްމަންދޫ ބަނދަރާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި ރަށުގެ ޒުވާނުންނަށް ޒަމާނީ ވޮލީ ކޯޓެއް އަޅައިދޭނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު