މ. ވޭވަށުން އަލީ ޔާމީން (ވަން އޮންލައިން)
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މި ރަށަށް ދެންމެ ވަޑައިގަތުމުން މި ރަށުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ރައީސް ސޯލިހު މި ރަށަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.
ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި މި ރަށު ބަނދަރު ސަރަހައްދުގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވާ ކަންމަތީ ޖަލްސާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ ޖަލްސާގައި މި ރަށުގެ މުސްތަގުބަލަށް ރާވާފައިވާ ޕްލޭންތައް ރައީސް ހިއްސާކުރައްވާނެއެވެ.
ރައީސް ސޯލިހު މި ރަށުން ދެން ވަޑައިގަންނަވާނީ ރަތްމަންދުއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު