މ. ނާލާފުށިން އަލީ ޔާމީން (ވަން އޮންލައިން)
ކުރީގެ ވެރީންނަށް އަބަދުވެސް ފެންނަނީ ކުރިއަށް އޮންނަ ފަސް އަހަރު ކަމަށާއި މި ރަށް ފަދަ ކުދި ރަށްރަށަށް ތަރައްގީ ނާންނަނީ އެހެންވެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މި ރަށަށް މިއަދު ވަޑައިގެން މި ރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، މި ރަށަށް ފަދަ އާބާދީ މަދު ރަށްރަށަށް ތަރައްގީ ނާންނަނީ އެއިރެއްގައި ހުންނަ ވެރިއެއްގެ ސިޔާސީ ވިސްނުން އިސްކުރާތީ ކަމަށެވެ. އަދި އެ ބޭފުޅުންނަށް އަބަދުވެސް ފެންނަނީ ކުރިއަށް އޮންނަ ފަސް އަހަރު ކަމަށް ވިދާޅުވިއެވެ.
"އަމާޒު ހިފަނީ ގިނައިން ވޯޓު ހުރި ތަންތަނަށް އެކަނި. މި ރަށުގައި މިއުޅޭ 384 މީހުންނަކީ ސިޔާސީ މީހުންގެ ނަޒަރުގައި މާ މުހިންމު ބައެއް ނޫން، ވޯޓަށް ބަލާއިރު. އެހެންވީމާ ބޮޑެތި އާބާދީ ހުރި ތަންތަނަށް އަމާޒުކޮށްގެން މަޝްރޫއުތައް ހިންގާތީ މިފަދަ ކުދިކުދި ރަށްރަށަށް ތަރައްގީ ނައިސް މިހުރީ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ތަފާތު ކުރުމެއް ނެތި ހުރިހާ ރަަށަކަށްވެސް ތަރައްގީ ގެނެސްދިނުން ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރު ނާލާފުށިން އެ މަނިކުފާނަށް ލިބިވަޑައިގެންނެވީ 38 ޕަސެންޓް ކަމަށާއި ނަމަވެސް ތަފާތު ނުކޮށް ރަށަށް ތަރައްގީ ގެނެސް ދެއްވާފައިވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި މި ރަށުންވެސް އެ މަނިކުފާނަށް ބޮޑު މެޖޯރިޓީއެއް ލިބޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު