މުލީ އެއާޕޯޓު ނިމުމާއެކު މ. މުއްޔާއި ނާލާފުށި ގުޅާލުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނާލާފުއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނާލާފުއްޓާއި މުއްޔާ ގުޅާލުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި އޭރުން ނާލާފުށިން ލިބެން ނެތް ހިދުމަތްތައް ހޯދުމަށް މުއްޔަށް ފަސޭހައިން އެއްގަމު މަގުން ދެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.
އެގޮތުން އެ މަޝްރޫއު މިހާރު އޮތީ ޕްލޭން ކުރެވިފައި ކަމަށާއި މުލީ އެއާޕޯޓް މި އަހަރު ނިމުމާ އެކީގައި ދެ ރަށް ގުޅާލުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މުލީ އެއާޕޯޓް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނާ ގޮތުން، އެ މަޝްރޫއުގެ 60 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މުލި-ނާލާފުށި ކޯޒްވޭގެ މަސައްކަތުގެ ޑީޓެއިލް ޑިޒައިންނާއި އީއައިއޭ ހަދަން 6 އޮކްޓޯބަރު 2019ގައި އިންސާ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު