މ. ނާލާފުށިން އަލީ ޔާމީން (ވަން އޮންލައިން)
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މި ރަށަށް މިއަދު ހެނދުނު ވަޑައިގަތުމުން، މި ރަށުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސަށް މަރުހަބާ ދެންނެވުމަށް މި ރަށުގެ ގިނަ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.
ރައީސަށް މަރުހަބާ ދެންނެވުމަށް މި ރަށް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން ސަރުކާރުން ފުއްދާފައިވާ ވައުދުތައް ހިމެނޭ ބެނާތައް މަގުތަކުގައި ވަނީ ދަމާފައެވެ. ރީނދޫ ކުލައިގެ ދިދަތަކުން ރަށް ވަނީ ޖަރީކޮށްފައެވެ.
ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި، މި ރަށުގެ އިންޖީނުގެއާއި ފެނަކަ އާ އިމާރާތް ވަނީ ހުޅުއްވައިދެއްވައިފައެވެ. އެއަށްފަހު ކަންމަތީ ޖަލްސާގައި ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި މި ރަށަށް ކޮށްދެއްވާން ނިންމަވައިފައިވާ ބައެއް ކަންކަން ރައީސް ވަނީ އިއުލާނު ކުރައްވައިފައެވެ.
ރައީސް ސޯލިހު މި ރަށުން ދެން ވަޑައިގަންނަވާނީ މި އަތޮޅު މުއްޔަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު