މ. ކޮޅުފުށީގައި އިތުރު 50 ހައުސިން ޔުނިޓް ހަދައިދީ، މަގުތައް ރަނގަޅު ފެންވަރަކަށް ހަދައިދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކޮޅުފުއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ސްކޫލަށް ބޭނުންވެފައި ހުރި އަށް ކުލާސްރޫމާއި މަލްޓި ޕާޕަސް ހޯލުގެ މަސައްކަތާއި ފެނާއި ނަރުދަމާ އަދި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާއިރު، ކުރިއަށް އޮތް ދައުރުގައި އިތުރު ތޮށި ލައިދީ މުޅި ރަށް ހިމާޔަތްކޮށްދެއްވާނެ ކަމަށެވެ.
އަދި ކޮޅުފުށީގައި ކުރިއަށްދާ 100 ހައުސިން މަޝްރޫއުގެ ތެރެއަށް އިތުރު 50 ހައުސިން ޔުނިޓް އިތުރުކޮށްދެއްވާނެ ކަމަށާއި ރަށުގެ މަގުތައްވެސް ރަނގަޅު ފެންވަރަކަށް ހަދައިދޭނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވީ، ސުނާމީއަށްފަހު ދިރިއުޅުމަށް އައި ބަދަލުތަކާއެކު ކޮޅުފުށީގެ މަސްވެރިކަމަށް ހީނަރުކަމެއް ލިބުނު ނަމަވެސް ރަށުގައި ތިބެގެން ކައިރިން ވަޒީފާ ލިބޭނެ ގޮތެއް ހޯދައިދޭންޖެހޭ ކަމަށެވެ. އެކަމަށްޓަކައި ކޮޅުފުށި ކައިރިން ރިސޯޓް ހެދުމަށްޓަކައި ކުރީގެ ދައުރުގައި އެއް ރަށުގެ ގޮތުގައި ތިން ރަށް ދީފައި އޮތް ނަމަވެސް އެއިން އެއްވެސް ރަށެއްގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މި ރަށުގެ ރައްޔިތުން އެދޭ ގޮތަށް މި ރަށު ކައިރިން ރިސޯޓެއް ތަރައްގީކުރުމުގެ މަޝްރޫއެއް އަޅުގަނޑުމެން ހިންގަ ދޭނަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު