މެކްސިކޯގެ ކުންފުންޏަކުން ބަރުދަނުގައި 600 ކިލޯ ހުރި މާޝްމެލޯއެއް އުފައްދައިފިއެވެ.
މެކްސިކޯގެ ޖަލިސްކޯ ސްޓޭޓުގެ 200 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެގައުމުގެ ކުންފުންޏަކުން ވަނީ ހާއްސަ ހަރަކާތެއްގެ ގޮތުގައި ބޮޑު މާޝްމެލޯއެއް އުފައްދައި އާންމުންނަށް ދައްކާލައިފައެވެ.
ސަތޭކަ މީހުން ގުޅިގެން 53 ގަޑިއިރުގެ މަސައްކަތުން ހެދި އެ މާޝްމެލޯގެ ބަރުދަނުގައި ޖުމުލަ 648.4 ކިލޯ ހުރި ކަމަށް އެ ސްޓޭޓްގެ އޮފިޝަލުން ވަނީ ބުނެފައެވެ.
މާޝްމެލޯ ހެދުމުގެ މަސައްކަތް އޮބްޒާވްކުރުމަށް ދުނިޔޭގެ ރެކޯޑު ފޮތުގެ އޮފިޝަލުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.
މީގެ ކުރިން ރެކޯޑު ފޮތަށް އަރާފައިވަނީ ބަރުދަނުގައި 90 ކިލޯ ހުރި މާޝްމެލޯއެކެވެ. އެއީ އިނގިރޭސިވިލާތުގެ ސްކޫލެއްގެ ދަރިވަރުންތަކެއް ހެދި މާޝްމެލޯއެކެވެ.
މެކްސިކޯގައި ހެދި މި މާޝްމެލޯ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާނެ ކަމަށް ވަނީ ޔަގީން ވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ