އެލަން މަސްކް އާޓިފިޝަލް އިންޓެލިޖެންސަށް ހާއްސަ ކުންފުންޏެއް އުފައްދައިފިއެވެ.
"އެކްސް އޭއައި" ނަމުން ނަން ދީފައިވާ އެ ކުންފުނި އުފައްދައި ވެބްސައިޓު ތައްޔާރުކޮށްފައިވާ އިރު، އެލަން މަސްކު ވަނީ މަސައްކަތް ފަށައިފައެވެ.
މަސްކުގެ ސީދާ ބެލުމުގެ ދަށުން ހިންގާ އެ ކުންފުނިން އެންމެ ފުރަތަމަ ކުރުމަށް ހަމަޖެހިފައިވަނީ ޓުވިޓާ އާއި ޓެސްލާ އިތުރަށް ފުރިހަމަކޮށް ތަރައްގީކުރުން ކަމަށް އެ ކުންފުނީގެ ވެބްސައިޓުގައިވެއެވެ.
"އެކްސް އޭއައި"ގެ މައިގަނޑު މަގުސަދަކީ މުޅި ދުނިޔޭގެ ހަގީގަތް ދެނެގަތުން ކަމަށް ވެބްސައިޓުގައި ބުނެފައިވެއެވެ.
މަސްކު ވަނީ އޭއައިގެ ކަންކަން ހަމަ މަގަށް އަޅުވަން ޖެހޭ ކަމަށާއި އެގޮތުން އޭއައި ޑިޒައިން ކުރުމާއި ޓްރެއިން ކުރުމުގައި ހަގީގީ ކަންކަން ހިމަނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މަސްކުގެ "އެކްސް އޭއައި" އުފެއްދުމަށްފަހު މަދު މުވައްޒަފުންތަކަކާއެކު މަސައްކަތް ފަށާފައިވާ އިރު، އެ ވެބްސައިޓުގައި ވަނީ "އެކްސް އޭއައި" އަށް އިތުރު މުވައްޒަފުން ހޯދުމުގެ މަސައްކަތް ފަށައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ