މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން 8 ދުވަހުގެ ކާނިވަލެއް ބާއްވަން ހޯމް މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން އާބަންކޯއާ ގުޅިގެން މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި "މިނިވަން އުފާ ކާނިވާ" ގެ ނަމުގައި ކާނިވަލެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކާނިވަލުގައި ކާބޯތަކެތީގެ ސްޓޯލްތައް ހިންގުމަށް ޝައުގުވެރިވާ 40 ފަރާތަކަށް ފުރުސަތު ހުޅުވައިލާކަމަށް މިނިސްޓްރީން ބުންޏެވެ. ކާނިވަލުގައި ބެހެެއްޓޭނީ ކޮފީ، ކުއި ބުއިންތައް، އައިސް ކްރީމް، ޕޮކްކޯން، ސްނޯ ކޯން އަދި ކަފަ ލޮލީ ފަދަ ތަކެތި، ފާސްޓް ފުޑް ނުވަތަ ލުއި ކާނާ އަދި ހޯމްބޭކާސް ނުވަތަ ތަފާތު ދިވެހި ކާނާކަމަށް މިނިސްޓްރީން ބުންޏެވެ.
"ކާބޯތަކެތި ވިއްކައިގެން ލިބޭ ފައިދާ ލިބޭނީ ސްޓޯލް ހިންގާ ފަރާތަށް" ހޯމް މިނިސްޓްރީން ބުންޏެވެ.
ކާނިވަލުގައި ފުޑް ސްޓޯލްތައް ބަހައްޓަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 13 ވަނަ ދުވަހުގެ ކުރިން [email protected] މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅަންވާނެކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ މިނިވަން ދުވަހަކީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު