ށ. ކޮމަންޑޫން އަލީ ޔާމީން (ވަން އޮންލައިން)
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ށ އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅައި މިއަދު މި ރަށަށް ވަޑައިގަތުމުން މި ރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސް ސޯލިހު މިއަދު މި ރަށަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. މި ރަށަށް ވަޑައިގެން މި ރަށުގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރެއްވުމަށް ކަންމަތީ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖައްސައިފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި މި ރަށުގެ އިތުރުން މަރޮއްޓާއި ނޫމަރާގެ އިތުރުން ފޯކައިދުއަށްވެސް ވަޑަައިގަންނަވާން ވަނީ ހަމަޖައްސަވައިފައެވެ.
ރައީސް ސޯލިހު މި ދަތުރުފުޅުގައި، ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީއާއި އެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އާއި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާއި ނައިބު ރައީސް، އަލީ މައުރޫފާއި ޑރ. އައިޝަތު ރަފިއްޔާ ބައިވެރިވެވަޑައިގަންނަވަ އެވެ.
ކޯލިޝަން ޕާޓުނަރުންނާއެކު ރައީސް ސޯލިހު، މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ ކޮމަންޑޫއަށެވެ. އެއަށްފަހު މަރޮއްޓަށް ވަޑައިގަތުމަށް ފަހު މެންދުރުފަހު ވަޑައިގަންނަވާނީ ނޫމަރާއަށެވެ. އެ ތިން ރަށުގައިވެސް ކަންމަތީ ޖަލްސާއެއް ބާއްވަން ވަނީ ހަމަޖައްސައިފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ ފޯކައިދޫގައި މިރޭ ބާއްވާ ކެމްޕެއިން ޖަލްސާ، އެ މަނިކުފާނު ޝަރަފުވެރިކޮށްދެއްވާނެއެވެ. އެ ޖަލްސާއަކީ އެމަނިކުފާނުގެ ކެމްޕެއިން ފެށުމުގެ ގޮތުން އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ ޖަލްސާއެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓު ވަޒީރުންނާއި އެމްޑީޕީ އަދި އެމްޑީއޭ އާއި އަދާލަތު ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިރޭ ދަންވަރުގެ ވަގުތެއްގައި ރައީސް މާލެ ވަޑައިގަންނަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު