އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ވަރުގަދަ މިލިޓަރީ އޮޕަރޭޝަނެއް ފަށައިފިއެވެ.
އިސްރާއީލުން ފަށާފައި މިވާ ވަރުގަދަ މިލިޓަރީ އޮޕަރޭޝަނަކީ ވޭތުވެދިޔަ 20 އަހަރުތެރޭ ހުޅަނގު އައްސޭރީގައި ހިންގާ އެންމެ ބޮޑު އޮޕަރޭޝަން ކަމަށް އޮފިޝަލުން ބުނެއެވެ.
އިސްރާއީލުގެ ޑިފެންސް ފޯސް އިން ބުނީ މިއީ ޓެރަރިޒަމާ ދެކޮޅަށް ހިންގާ ބޮޑު އޮޕަރޭޝަނެއް ކަމަށާއި މި އޮޕަރޭޝަން ކުރިއަށްދާނީ ޖެނިން ސިޓީގައި އާއި އެ ސިޓީގައި ހުންނަ ޖެނިން ކޭމްޕު ސަރަހައްދުގައި ކަމަށެވެ.
ފަލަސްތީނުގެ ޖެނިން ސިޓީގެ އާންމުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ސިޓީގައި ބަޑީގެ އަޑާއި ބޮން ގޮވާ އަޑުގެ އިތުރުން އެމްބިއުލާންސްގެ އަޑު އިވެއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް އަށް މީހުން ޝަހީދުވެފައިވާކަން ފާހަގަކޮށްފައެވެ. އަދި މިހާތަނަށް 50 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވެގެން ފަރުވާދެމުން އަންނަ ކަމަށާއި އޭގެ ތެރެއިން 10 މީހެއްގެ ހާލު ސީރިއަސް ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ