އެތެރޭގެ ދަރަނި ރިސްޓްރަކްޗާ ކުރުމަށް ސްރީ ލަންކާގެ ބޭންކުތައް ފަސް ދުވަހަށް ބަންދު ކުރަން ނިންމައިފިއެވެ.

އިނގިރޭސިންގެ ހިމާޔަތުގެ ދަށުން 1948 ވަނަ އަހަރު މިނިވަންވި ފަހުން ލަންކާގެ އެތެރޭގެ ދަރަނި ދުވަހަކުވެސް ނުދާހާ މައްޗަށް ވަނީ އަރައިފައެވެ.

އެގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ލަންކާގެ އެތެރޭގެ ދަރަނި އުޅެނީ 42 ބިލިއަން އެމެރިކާ ޑޮލަރުގައެވެ.

ލަންކާގެ ހާލަތު ދިރާސާކުރާ ފަރާތްތަކުން ވަނީ އެގައުމުގެ ބޭންކުތައް ބަންދުކޮށް، ދަނިތައް ރީސްޓްރަކްޗާ ކުރުމުގެ ސަބަބުން ފައިސާ ގަނެވިއްކުމުގެ މާކެޓަށް އެކަމުގެ ލޮޅުން އަރައި، މިހާރަށްވުރެ ބޮޑު ބަދަލެއް އެކްސްޗޭންޖް ރޭޓަށް އައުން އެކަށީގެންވާ ކަމަށް ބުނެފައެވެ. އަދި ލަންކާގެ ބޭންކިން ސިސްޓަމް އެއްކޮށް ފުނޑިގެންދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

ލަންކާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު ވަނީ އެގައުމުގެ އާންމުން ފައިސާ ޖަމާރުމާއި އެހެނިހެން މަސައްކަތްތަކަށް ބުރޫ ނާރާނެ ކަމަށް ބުނެފައެވެ.

ލަންކާގެ އެތެރޭގެ ދަރަނި ރިސްޓްރަކްޗާ ކުރުމަށް އެގައުމުގެ ސަރުކާރުގެ ކެބިނެޓުން ވަނީ ހުއްދަދީ، ހަފުތާ ބަންދުގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ފޮނުވައިފައެވެ.