އަޟްހާ އީދު ފާހަގަކުރެއްވުމަަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު އއ، ތޮއްޑުއަށް ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން ތޮއްޑުއަށް ވަޑައިގެންނެވީ މިއަދު ހެނދުނެވެ.
ރައީސްގެ ދެކަނބަލުން ތޮއްޑުއަށް ވަޑައިގެންނެވުމުން ތޮއްޑޫގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަނދަރުމަތިން އެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. މި ދަތުރުފުޅުގައި ތޮއްޑޫގެ އަންހެނުން، ރައީސްގެ ދެ ކަނބަލުންނަށް ތައްޔާރުކޮށްފައިވާ ސަގާފީ މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ދަތުރުފުޅު ނިންމަވާލައްވައި ރައީސްގެ ދެކަނބަލުން އެނބުރި މާލެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މިއަދުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު