އައިޖީއެމްއެޗުން ހަދާ ޓެސްޓުތަކުގެ ރިޕޯޓް އީ-ފާސް އިން ބެލޭނެ ގޮތް ހަދައިފިއެވެ.
އީ-ފާސްން މިދިޔަ ހޯމަ ދުވަހު ބުނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ހަދާ ލެބް ޓެސްޓުތަކުގެ ރިޕޯޓު އަދި ބޭސް ސިޓީ މިހާރު އީ-ފާސް އިން ބެލެން ހުންނާނެ ކަމަށެވެ.
އައިޖީއެމްޗުން ހަދާ ޓެސްޓުތަކުގެ ނަތީޖާ މީގެ ކުރިން ލިބެނީ އެ ހޮސްޕިޓަލްގެ ކައުންޓަރުންނެވެ.
ޓެކްނޮލޮޖީ މިނިސްޓްރީން ވަނީ މިފަހުން އީ-ފަސްއަށް ފަސޭހިން ލޮގިން ވެވޭނެ ގޮތް ހަދެދުމަަށް މޮބައިލް އެޕުން ޕާސްވާޑް އަދި އޯޓީޕީއާ ނުލައި ކިއުއާރު ކޯޑް ސްކޭން ކޮށްލައިގެން ލޮގިން ކުރެވޭނެ ގޮތް ހަދައިފައެވެ.
ސަރުކާރުން ދަނީ ވުޒާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އީ-ފާސް މެދުވެރިކޮށް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
އެގޮތުން ޑިޖިޓަލް ލައިސަންސާއި ޑިޖިޓަލް އައިޑީކާޑުގެ ހިދުމަތް މިއަހަރުގެ ތެރޭގައި ވަނީ އީ-ފާސް މެދުވެރިކޮށް ދޭން ވަނީ ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު