ވިއްސާރަ މޫސުމާދިމާކޮށް ބެންގަލޫރުގެ ތެރެއިން ހަރުފަ ފެނުން ވަރަށް ގިނަވެފައިވާ ކަމަށް ރަސްމީ ފަރާތްތަކުން ބުނެފިއެވެ. ބެންގަލޫރަކީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މިހާރު ކުރިއަށްދާ ސިޓީއެވެ.
ސޫފާސޫފި ހިމާޔަތްކުރުމާ ގުޅޭ ތަޖުރިބާކާރުންގެ އިދާރާއިން ބުނެފައިވަނީ އާއްމުން ދިރިއުޅޭ ގޭގެޔާއި އިމާރާތްތަކާއި ޚިދުމަތްދޭ ތަންތަނުގެ ތެރެއިން ހަރުފަ ފެނިގެން ރިޕޯޓްކުރާ މިންވަރު މި ޖޫންމަސް ފެށުނު ފަހުން ދެގުނަ އިތުރުވެފައިވާ ކަމުގައެވެ. އެންމެ ގިނައިން ފެންނަނީ ޅަ ހަރުފަ ކަމަށާއި މި މޫސުމަކީ ހަރުފަ އުފަންވުމުގެ މޫސުމަކަށްވާތީ އެހެން ދިމާވީ ކަމަށްވެސް ބުނެފައިވެއެވެ.
ބެންގަލޫރުގެ ތެރެއިން ފެންނަ ހަރުފައިގެ ތެރޭގައި އިންޑިޔާގައި އެންމެ އާއްމު އެއްވައްތަރު ކަމަށްވާ ކޯބްރާ ހިމެނެއެވެ. ޅަ ހަރުފައިގެ އިތުރަށް ރަށުތެރެއިން ބޮޑެތި ހަރުފަ ފެނުންވެސް އިތުރުވެފައިވާ ކަމަށް ރަސްމީ ފަރާތްތަކުން ބުނެއެވެ.
ބެންގަލޫރުގެ އާބާދީ އިތުރުވެ ހުސްތަންތަން މަދުވީމާ ހަރުފަތައްވެސް އުޅޭނޭ ވަކިތަނެއް ނެތި ރަށުތެރެއަށް ބެހިގެންގޮސްފައިވާ ކަމަށާއި މި ހަފުތާ ތެރޭގައި ގޭގޭގެ ފާޚާނާޔާއި ބަދިގެޔާއި އަދި ވެހިކަލްތަކުގެ ތެރެއިންވެސް ހަރުފަ ފެނުމުގެ ހާދިސާތައް ރިޕޯޓްކޮށްފައިވާ ކަމަށް އެނގިފައިވެއެވެ. އެކަމަކު ހަރުފަ ވިހަލުމުގެ އެއްވެސް ހާދިސާއެއް ރަށުތެރެއިން އަދި ރިޕޯޓްކުރިކަން އެނގިފައެއް ނުވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ