އެނބޫދޫ ކައިރިއަށް ޑައިވިންއަށް ދިޔަ ޓޫރިސްޓެއްގެ އަތުގައި މިޔަރެއް ދަތްއަޅައި ޒަހަމްކޮށްލައިފިއެވެ.
ޒަހަމްވި އެ ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެންދަން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ފަތުރުވެރިއާގެ ކަނާތުގެ އުޅަބޮށި ހުރީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ. ފަތުރުވެރިޔާ ޕިކަޕަކުން ނަގައި ސްޓްރެޗާއަށް އެރުވުމުގެ މަސައްކަތް ކުރިއިރުވެސް އުޅަބޮށިން ދިޔައީ ލޭ ފައިބަމުންނެވެ.
އެ ފަތުރުވެރިޔާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ނަމަވެސް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ ލިބިފައިވާ ޒަހަމުގެ ތަފުސީލެއް އަދި ނުލިބެ އެވެ.
މިޔަރުގެ ހަމަލާގައި ޒަހަމްވީ ކ. މާފުއްޓަށް ޗުއްޓީ ހޭދަކުރަން ގޮސްހުރި ފަތުރުވެރިއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު