ޖަނާޒާގެ ކަންކަން ކުރިޔަށް ދަނިކޮށް ސަންދޯކުގައި ޓަކިޖެހިމީހާ މަރުވެއްޖެއެވެ.

އިކުއެޑޯގައި މަރުވިކަމަށް ނިންމައި ކަށުކަމާކެމީގެ ކަންކަން ނިންމަނިކޮށް ސަންދޯކުގައި ޓަކި ޖެހުމާއެކު އެމީހާ މަރުނުވާކަން ޔަގީންވުމުން، އާއިލާއިން ހޮސްޕިޓަލަށް ގެންގޮސް އަލުން ފަރުވާ ދޭންފެށިއެވެ.

އިކުއެޑޯގެ ބަބާހޮޔޯ ސިޓީގައި ހުންނަ ހޮސްޕިޓަލުގައި ފަރުވާދޭތާ ހަފުތާއެއްފަހުން އެމީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ.

އުމުރުން 76 އަހަރުގެ އެ އަންހެން މީހާ މަރުވިކަމަށް ނިންމައި ފުރަތަމަ ޖަނާޒާ ބާއްވާފައިވާއިރު އޭނާވަނީ ސަންދޯކު ތެރޭގައިވެސް ފަސްގަޑިއިރު ހޭދަކޮށްފައެވެ. އެމީހާ ހޮސްޕިޓަލަށް އަލުން ގެންދެވުމާއެކު އެ ގައުމުގެ ސިއްހީ ވުޒާރާގެ އޮފިޝަލުން ވަނީ އެމީހާގެ ކަންކަން ގާތުން ބަލާފައެވެ.

ހަފުތާއެއް ވަންދެން އައިސީޔޫގައި އޮތުމަށްފަހު އެމީހާ މަރުވެފައިވަނީ ސްޓްރޯކެއް ޖެހިގެން ކަމަށް މިނިސްޓްރީގެ އޮފިޝަލަކު ވަނީ ބުނެފައެވެ.