އަޅައިލަނީ ކޮންބައެއްތޯ ބެލުމަށް، މަރުވިކަމަށް ހެދިގެން ޖަނާޒާއެއް ބާއްވައިފި އެވެ.

ބަލްގޭރިއާގެ ޓިކްޓޮކާއެއް މިކަން ކުތީ އޭނާއާ މެދު އަޅައިލަނީ ކޮންބައެއްތޯ ބެލުމަށާއި އޭނާ މަރުވެއްޖެ ނަމަ ޖަނާޒާއަށް ދަނީ ކޮންބައެއްތޯ ބެލުމަށެވެ.

އުމުރުން 45 އަހަރުގެ ޑޭވިޑް ބާޓެން ވަނީ އޭނާގެ އަންހެނުންނާއި ކުދިން ގުޅިގެން ރައްޓެހިންނާއި އާއިލާގެ މީހުންގެ ތެރެއިން އޭނާއާ މެދު އަޅައިލާ ހޯދުމަށް "ޕްރޭންކެއް" ކޮށްފައެވެ.

ޑޭވިޑް ވަނީ އޭނާ މަރުވެއްޖެ ކަމަށް އެންގުމަށް އޭނާގެ ދަރިން ލައްވައި ސޯޝަލް މީޑިއާގައި އޭނާގެ މަރު އިއުލާނު ކޮށްފައެވެ. ޑޭވިޑްގެ އާއިލާއާއި ރައްޓެހިންނަށް ހަބަރު ލިބުމާއެކު ވަނީ އެގެއަށް ޖަމާވާން ފަށާފައެވެ. އާއިލާގެ މީހުންގެ އިތުރުން ރައްޓެހިންވެސް ވަނީ ކަޅު ހެދުމުގައި އެ ގެއަށް ޖަމާވެފައެވެ.

ޖަނާޒާގެ ރަސްމިއްޔާތު ފަށާނެ ވަގުތަކަށް އިންތިޒާރު ކުރަނިކޮށް ޑޭވިޑް ވަނީ ހެލިކޮޕްޓަރެއްގައި އެ ގޭގެ ގޯތި ތެރެއަށް ތިރިކޮށްފައެވެ.

ޖަމާވެފައި ތިބި މީހުންނަށް ޑޭވިޑް ފެނުމާއެކު އެންމެނަށް ލިބުނީ ސިހުމެކެވެ. ޑޭވިޑް ވަނީ އޭނާ ދެކެ ލޯބިވާ، މީހުން މިހާރު ދެނެގަނެވިފައިވާ ކަމަށާއި ނާދެވުނު މީހުންނާ މެދު އެއްވެސް ހިތްބުރަކަމެއް ނެތްކަމަށް ބުނެފައެވެ.