ދެކުނު އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ގަދަވަމުން ދަނިކޮށް އިންޑިއާ އާއި ސްރީ ލަންކާ ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ބާއްވައިފިއެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ކޮލަމްބޯގައި ހިންގި މި ތަމްރީނުތަކަކީ އިންޑިއާ އާއި ސްރީ ލަންކާ ގުޅިގެން މިފަދަ އަސްކަރީ ތަމްރީނުތަކެއް ހިންގި ފުރަތަމަ ފަހަރެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި އަސްކަރީ ތަމްރީންތަކުގެ ބޭނުމަކީ އަސްކަރީ ދާއިރާ އިން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ އިތުރު ގޮތްތައް ހޯދައި ދެނެގަތުމެވެ.
އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި, މި ތަމްރީންތަކުގައި އިންޑިއާގެ ޑިފެންސް އިންޑަސްޓްރީއާއި ސްރީ ލަންކާގެ އަސްކަރީ ފައުޖުގެ އިތުރުން ފުލުހުން އަދި ސްޕެޝަލް ޓާސްކު ފޯހުން ބައިވެރިވި އެވެ.
ޚަބަރު
ޚަބަރު