މަރުވިކަމަށް ނިންމައި ވަޅުލާން އުޅެނިކޮށް ސަންދޯކުގައި ޓަކިޖަހައިފިއެވެ.

އިކުއެޑޯގެ ބަބާހޮޔޯ ސިޓީގައި އުމުރުން 76 އަހަރުގެ އަންހެނަކު މަރުވިކަމަށް ހޮސްޕިޓަލުން ނިންމައި މަރު ކަށަވަރުކުރުމަށްފަހު ސަހަރާއަށް ގެންގޮސް ވަޅުލުމުގެ މަސައްކަތް ފެށިއެވެ. ސަންދޯކުގެ ތެރެއިން ޓަކި ޖަހާ އަޑު އިވުނީ ވަޅުލުމުގެ ޖަނާޒާގެ މަރުހަލާގައެވެ.

ހާދިސާ ހިނގި ވަގުތު ކަށުކަމާކެމީގެ ކަންކަމުގައި ހަރަލާތްތެރިވަމުންދިޔަ، "މަރުވި" އަންހެންމީހާގެ ދަރި ގިލްބާރްތޯ އަށް ވަނީ ސަންދޯކުގެ އެތެރެއިން ޓަކި ޖަހާ އަޑު އިވިފައެވެ.

އޭނާ ބުނީ އަޑު އިވުމާއެކު ސަންދޯކުގެ މަތި ހުޅުވި ކަމަށާއި އޭރު މަންމަ ފުންކޮށް ނޭވާލައި ސަންދޯކުގައި ތަޅަމުން ދިޔަކަމަށެވެ.

އޭނާ ވަނީ މަންމަ ސަންދޯކުގެ އެތެރޭގައި ހަރަކާތްތެރިވާ ތަން ފެނުމާއެކު އިމަޖެންސީ ނަންބަރަށް ގުޅައި ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ބުނެފައެވެ.

ހާދިސާ ހިނގުމާއެކު އެކަން އެގައުމުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުގެ ސަމާލުކަމަށް އައިސް ހާއްސަ ތަހުގީގެއް ވަނީ ފަށާފައެވެ.

އެ އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔައީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށް ނޫސްތަކުން ބުނެއެވެ. އެމީހާ މަރުވެފައިވާކަމަށް ޑޮކްޓަރުން ބުނެފައި ވަނީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހުގައި ކަމަށް ވެސް ނޫސްތަކުގައި ވެއެވެ.