ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދު މުހިއްމު ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއެއްބަސްވުންތަކުގައި ސޮއެކުރެއްވުމުގެ ރަސްމިއްޔާތުގައި، ރައީސް ސޯލިހާއި ސީޝެލްސްގެ ރައީސް، ރާމްކަލާވަން ބައިވެރިވެވަޑައިގެންނެވިއެވެ.

ދެގައުމުގެ މެދުގައި މިއަދު ބަދަލުކުރެއްވި އެއްބަސްވުންތަކަކީ؛

މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއެކުރެއްވީ، ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދެވެ. ސީޝެލްސްގެ ފަރާތުން ސޮއެކުރެއްވީ، އެ ގައުމުގެ ފޮރިން އެންޑް ޓޫރިޒަމް މިނިސްޓަރު ސިލްވެސްތް ރަޑެގޮންޑެއެވެ. މިއެއްބަސްވުމުގެ ދަށުން، ދެގައުމުގެ ރައްޔިތުންނަށް ވިސާއާ ނުލައި، 30 ދުވަހުގެ މުއްދަތަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެހި ދަތުރުފަތުރުކުރުމަށް ފަސޭހަތައް ލިބިގެންދާނެއެވެ. މިއެއްބަސްވުމާއިއެކު ދެ ގައުމުގެ އިޖްތިމާއީ އަދި އިގުތިސާދީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއެކުރެއްވީ، ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދެވެ. ސީޝެލްސްގެ ފަރާތުން ސޮއެކުރެއްވީ، އެ ގައުމުގެ ފޮރިން އެންޑް ޓޫރިޒަމް މިނިސްޓަރު ސިލްވެސްތް ރަޑެގޮންޑެއެވެ. ރައީސް އޮފީހުން ބުނީ މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ މެދުގައި ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުކުރުމަށް މަގުފަހިވެ، އިގުތިސާދަށް ކުރިއެރުން ލިބި، ރައްކާތެރި ހަރުދަނާގޮތެއްގައި ވައިގެ ދަތުރުފަތުރުތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މިޕްރޮޓޮކޯލްގައި ރާއްޖޭގެ ފަރާތުން ސޮއެކުރެއްވީ، ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދެވެ. ސީޝެލްސްގެ ފަރާތުން ސޮއެކުރެއްވީ، އެ ގައުމުގެ ފޮރިން އެންޑް ޓޫރިޒަމް މިނިސްޓަރު ސިލްވެސްތް ރަޑެގޮންޑެއެވެ. ވެ. ރައީސް އޮފީހުން ބުނީ މި ޕްރޮޓޮކޯލްގެ މަގުސަދަކީ، ކަނޑުފޭރުން ފަދަ ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާތައް ހުއްޓުވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުން ކަމަށެވެ. އަދި މިޕްރޮޓޮކޯލްގެ ސަބަބުން ކަނޑުމަތީގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށްވެސް ބުންޏެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއެކުރެއްވީ، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފެވެ. ސީޝެލްސްގެ ފަރާތުން ސޮއެކުރެއްވީ، އެ ގައުމުގެ ފޮރިން އެންޑް ޓޫރިޒަމް މިނިސްޓަރު ސިލްވެސްތް ރަޑެގޮންޑެއެވެ. ރައީސް އޮފީހުން ބުނީ މި އެއްބަސްވުމުގެ މަގުސަދަކީ ރާއްޖެއާއި ސީޝެލްސްއާ ދެމެދުގައި އިލްމާއި ތަޖުރިބާ އާއި ވަސީލަތްތައް ހިއްސާކޮށް، ގާބިލުކަން އިތުރުކޮށް އަދި ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް ފަދަ ތަފާތު ދާއިރާތަކުން ދެގައުމުގެ ދެމެދުގައި ދިގު މުއްދަތަށް އެއްބާރުލުން ގާއިމުކުރުން ކަމަށެވެ.