ސައުދީގެ ހައިޕާލޫޕް ރޭލުގައި ޖިއްދާއިން މައްކާއަށް ފަސް މިނެޓުން ދެވޭނެ ހިދުމަތަށް ތައްޔާރުވެއްޖެއެވެ.

އެމެރިކާގެ ވާޖިން ހައިޕާލޫޕް ކުންފުންޏާއި ސައުދީގެ ސަރުކާރުން ގުޅިގެން 2020 ވަނަ އަހަރު ފެށި މިޕްރޮޖެކްޓު ކާމިޔާބުވެ އާންމުންނަށް ރޭލު ބޭނުން ކުރުމުގެ ހިދުމަތް ފަަށަން ވަނީ ތައްޔާރުވެފައެވެ.

ރިޔާދުން ޖިއްދާއަށް އެތައް ގަޑިއިރެއް ހޭދަވާ ދަތުރު ހައިޕާލޫޕް ރޭލުން ގަޑިއެއްހާއިރުތެރޭ ފުރިހަމަކުރެވޭނެ އޮފިޝަލުން ބުނެއެވެ.

ވާޖިން ހައިޕާލޫޕް ރޭލު ދަތުރުކުރަނީ ވެކިއުމްކޮށްފައި ހުންނަ ޑިއުބެއްގައެވެ. މިކަމުގެ ސަބަބުން ރޭލުގެ ދަތުރު އަވަސްވެ ހަކަތަ ބޭނުންކުރާ ނިސްބަތް މަދުވާނެއެވެ. ބެޓަރީގެ އެހީގައި ދަތުރު ކުރާ މިރޭލު ސިކުންތަކު 1078 ކިލޯމީޓަރަށް ދަތުރުކުރާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.