ބަންޑާރަ ނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ، އިދިކޮޅު ޕީއެންސީގެ މެންބަރު، މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފު، މަޖިލީހުގެ މައިނޯރިޓީ ލީޑަރާ މަޝްވަރާ ކުރަން ފުރުސަތު ދިނުމުުގެ ގޮތުން އަނެއްކާވެސް މަޖިލިސް ޖަލްސާ މެދުކަނޑާލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެފައި ވަނީ، އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވެވަޑައިގަތުމަށް އޭނާ މަޖިލީހަށް ވަޑައިގެން އިންނަވަނިކޮށެވެ.

މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ޖަލްސާ ކުރީން މެނދުކަނޑުއްވައިލެއްވީ ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން އަޑުގަދަކުރައްވަމުން ގެންދަވާތީ އެވެ. ބައެއް މެންބަރުން ވަނީ މަޖިލީހަށް ވަޑައިގެން އިންނެވި އެޓާނީ ޖެނެރަލްގެ ކުރިމައްޗަށް ވަޑައިގެންވެސް އަޑުގަދަކުރައްވައިފައެވެ.

މަޖިލިސް ރައީސް، އަލުން ފެއްޓެވީ ވިއްސަކަށް މިނެޓުގެ މެދުކަނޑުއްވައިލެއްވުމަށްފަހު އެވެ.

އެހެން ނަމަވެސް ދެވަނަ ފަހަރަށް ޖަލއްސާ ފަށައިގެން ކުރިޔަށް ގެންދާއިރު ވެސް ޖަލްސާގެ ތަޅުން ފެންނަނީ ހޫނުކޮށެވެ. މެންބަރުން ގެންދަވަނީ ތަކުރާރުކޮށް ނިޒާމީ ނުކުތާ ނަންގަވައި އަޑުގަދަކުރައްވަމުންނެވެ.