ސެނެގާލްގެ އިދިކޮޅު ލީޑަރު ޖަލަށްލައިފިއެވެ.
ސެނެގާލްގެ އިދިކޮޅު ލީޑަރު އުސާމާނޭ ސޮންކޯ އަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަ ސާބިތުވެ އެގައުމުގެ ކޯޓުން ވަނީ އޭނާ ދެ އަހަރުދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ.
48 އަހަރުގެ ސޮންކޯ ކޮރަޕްޝަންގެ މައްސަލައެއްގައި ޖަލަށް ލީއިރު، 2021 ވަނަ އަހަރު އެ ގައުމުގެ ބިއުޓީ ސެލޫނެއްގައި މަސައްކަތްކުރި އަންހެނަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގެ ޝަރީއަތްވެސް އޭނާގެ މައްޗަށް ކުރިޔަށް އެބަދެއެވެ.
ސޮންކޯ އަށް ހުކުމް އިއްވުމާއެކު އޭނާގެ ސަޕޯޓަރުން ދަނީ މަގުތަކަށް ޖަމާވެ ހަމަނުޖެހުން ހިންގަމުން ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
ސޮންކޯގެ ޕާޓީ ޕެޓްރިއޮޓްސް އޮފް ސެނެގަލް އިން ވަނީ އެގައުމުގެ ހުރިހާ ރައްޔިތުން މުޒާހަރާތަކުގައި ބައިވެރިވެ ސަރުކާރުން ކުރާ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ގޮވާލާފައެވެ.
ސޮންކޯ ވަނީ އޭނާގެ ޝަރީއަތް ކުރިޔަށްގެންދަނީ ސިޔާސީގޮތުން ބަލިކަށިކުރުމަށް ކަމަށް ބުނެފައެވެ. އޭގެ ބޭނުމަކީ އަންނަ އަހަރު އެގައުމުގައި އޮންނަ ރިޔާސީ އިންތިހާބުގައި ބައިވެރި ނުވެވޭނެ ގޮތް ހެދުން ކަމަށްވެސް ބުނެފައިވެއެވެ.
އޭނާގެ މައްޗައް ރޭޕްގެ ކުށް ސާބިތުވެއްޖެ ނަމަ 20 އަހަރު ދުވަހުގެ ޖަލުގެ ހުކުމެއް އަންނާނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ