މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) 9 ބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން ޗެމްޕިއަންކަން އަހުސަން ހާޝިމް އަދި އަންހެން ޗެމްޕިއަންކަން އާމިނަތު ފާތީ ހޯދައިފިއެވެ.

މިއަހަރު 9 ބޯލް ޗެމްޕިއަންޝިޕްގެ ފައިނަލްތައް ރޭ ގައުމީ ބިލިއާޑް ހޯލުގައި ކުރިއަށް ގެންގޮސްފައިވާއިރު، ފިރިހެން ފައިނަލުގައި ވާދަކުރީ މުހައްމަދު އަކުސަމްއާއި އަހުސަނެވެ.

ފިރިހެން ފައިނަލް މެޗު ފޯރިގަދަކޮށް ގޮސްފައިވާ އިރު، އަހުސަން ޗެމްޕިއަންކަން ޔަގީންކުރީ 9-11 ފްރޭމުން މެޗު ކާމިޔާބު ކޮށްގެންނެވެ. ފުރަތަމަ ހަތަރު ފްރޭމުވެސް އެއްވަރުކޮށް ގޮސް، 2-2 އިން އެއްވަރުވެފައި މެޗު އޮތްއިރު، އަހުސަން ވަނީ 5-2 އިން ލީޑުވެސް ނަގައިފައެވެ. އަދި އަހުސަން އެ ލީޑުގައި ގޮސް 8-4 ގެ ލީޑެއްގައި އޮތެވެ.

މެޗު އިތުރަށް ފޯރިގަދަވީ 9-9 ފްރޭމުން މެޗު އެއްވަރު ވުމާއެކުގައެވެ. އެ ނަތީޖާ އާއެކު ފަހު ދެ ފްރޭމް ފޯރިގަދަކޮށް ދިޔައިރު، އަހުސަން ވަނީ މޮޅަށް ކުޅެ މެޗު ގެންގޮސްފައެވެ.

މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ފާތީ ހޯދީ ފައިނަލުގައި ދީނާ އަހުމަދު 7-4 ފްރޭމުން ބަލިކޮށްގެންނެވެ.