ކޮކާ-ކޯލާއިން ރާއްޖޭގައި ވިއްކާ ބުއިންތަކުގެ ލިސްޓަށް އާ ނަމެއް އަނެއްކާވެސް ތައާރަފުކޮށްފިއެވެ. ކޮކާ-ކޯލާ އިން މި ފަހަރު ތައާރަފުކޮށްފައި ވަނީ، 'ޗާޖްޑް' އެވެ.
ކެފެއިން އެކުލެވޭ ބުއިމެއް ކަމަށްވާ ޗާޖްޑް އަކީ ދިވެހިންނާއި ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނަށް ކަމުދާނެ ގޮތަށް ތައްޔާރުކޮށްފައިވާ، ބެރީގެ ރަހަ އެކުލެވޭ މީރު ބުއިމެކެވެ. ކޮކާ-ކޯލާ އިން ބުނީ ޗާޖްޑް އަކީ އެކު ކުންފުނިން ވިއްކާ ތަފާތު ބުއިންތަކުން ކަސްޓަމަރުން އުއްމީދުކުރާ މީރު ރަހައާ އެކު، ހަރަކާތްތެރިކޮށް ތިބެ، ރާއްޖޭގެ ރީތިކަން ފުރިހަމައަށް ތަޖުރިބާކޮށްލަން ބޭނުންވާ ހަކަތަ ލިއްބައިދޭ ފޯމިއުލާއެއް އެކުލެވިިގެންވާ ބުއިމެއް ކަމަށެވެ.
ކޮކާ-ކޯލާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވީ މި ބުއިން ރާއްޖެއަށް ތައާރަފްކުރުމަކީ އެ ކުންފުންފުންޏަށް ލިބޭ ބޮޑު އުފަލެއް ކަމަށާއި މިކަމުން ދޭހަކޮށްދެނީ އީޖާދީ ވިސްނުންތައް ކުރިއަށް ނެރުމަށް އެ ކުންފުނިން ކުރާ މަސައްކަތް ކަމަށެވެ.
"ކަސްޓަމަރުންނަށް ކެފެއިން އެކުލެވޭ ތަފާތު އަދި މީރު ބުއިމެއް ފޯރުކޮށްދިނުމުގެ އިތުރަށް، އެ މީހުންގެ ހަރަކާތްތެރި ދިރިއުޅުމަށް އިތުރު އާރޯކަމެއް ގެނެސްދިނުން. އަޅުގަނޑުމެންގެ އުންމީދަކީ ޗާޖްޑްގެ ތާޒާ ރަހަ އެންމެންނަށް ވެސް ތަޖުރިބާކޮށްލެވުން،" ޕަންކަޖް ވިދާޅުވި އެވެ.
ޗާޖްޑް ބަންދުކޮށްފައި ވަނީ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަޒުމާ އެއްގޮތަށް، ތިމާވެއްޓާ ރައްޓެހި، 100 ޕަސެންޓް އަލުން ބޭނުންކުރެވޭ އެލުމިނިއަމް ދަޅުގަ އެވެ. އެއީ ދެމެހެއްޓެނިވި ޕެކޭޖިން ހިޔާރުކޮށްގެން ކޮކާ-ކޯލާއިން އަނެއްކާވެސް މި ދައްކުވައިދެނީ ކުނި މަދުކުރުމަށާއި ޖައްވަށް ބޭރުކުރެވޭ ވިހަ ގޭސްތައް މަދުކޮށް، ޕްލާސްޓިކް ޕެކޭޖިންގެ ވަށައިގެން ވަށާޖެހޭ އިގުތިސާދީ ވިސްނުމެއް އަށަގެންނެވުމަށް ކުރަމުން އަންނަ މަސައްކަތެވެ.
ކޮކާ-ކޯލާއިން އަންނަނީ ރާއްޖޭގެ މަޝްހޫރު އިންފްލުއެންސަރުންނާއި ސެލެބްރިޓީންނާއި ކޮންޓެންޓް ކްރިއޭޓަރުންނާ ގުޅިގެން ޗާޖްޑް ރާއްޖޭގައި ތައާރަފްކުރި ކުރުން އިތުރަށް ފުޅާކޮށް، ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ވެސް ކަސްޓަމަރުންނާ ހަމައަށް ވާސިލުވަމުންނެވެ. އޭގެ އިތުރުން ޗާޖްޑްއަށް ކަސްޓަމަރުން ޝައުގުވެރިކޮށް، އެ ޝައުގުވެރިކަން ދެމެހެއްޓުމަށްޓަކައި ހާއްސަ ޕްރޮމޯޝަންތަކާއި މުބާރާތްތަކާއި ގިވްއަވޭތައް ހިމެނޭ މާކެޓިން ކެމްޕެއިންތަކެއް ފެށުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.
މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ)ގެ ޗީފް އޮޕަރޭޓިން އޮފިސަރު މިލިންދު ޑެރަސާރީ ވިދާޅުވި ގޮތުގައި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ބުއިންތަކުގެ ބާވަތްތައް އިތުރުކުރުމަށްޓަކައި ތަފާތު ގޮތްތައް އެކުންފުނިން އަންނަނީ އަބަދުވެސް ހޯދަމުންނެވެ. އެގޮތުން ޗާޖްޑް ތައާރަފުކުރުމާ އެކު، ފެންވަރު ރަނގަޅު އަދި މީރު ބުއިންތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތް މުޅިން އާ ހަރުފަތަކަށް ގެންދެވިއްޖެ ކަމަށާއި މި ބުއިމަކީ، ދިވެހިންގެ ކަރުހިއްކުން ފިލުވާލައި ތާޒާވެލައި ހިތްވަރު ލިބިގެންދާނެ ބުއިމަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް މިލިންދު ވިދާޅުވި އެވެ.
"ޗާޖްޑް ތައާރަފުކުރުމާ އެކު، ފެންވަރު ރަނގަޅު އަދި މީރު ބުއިންތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް މުޅިން އާ ހަރުފަތަކަށް މި ގެންދަނީ، ކަރުހިއްކުން ފިލުވައިދިނުމުގެ އިތުރުން، ކަސްޓަމަރުންގެ އާންމު ދިރިއުޅުމަށް އުޖާލާކަން ގެނެސްދޭ، އީޖާދީ އުފެއްދުންތަކާ އެކު" އޭނާ ވިދާޅުވި އެވެ.
ކޮކާ-ކޯލާއިން މައުލޫމާތު ދޭގޮތުގައި ރާއްޖޭގެ ފިހާރަތަކާއި ހޮޓާ ރެސްޓޯރެންޓްތަކާއި ކެފޭތަކުން މިހާރު ޗާޖްޑް ލިބެން ހުންނާނެ އެވެ. ޗާޖްޑްގެ ދަޅެއް ވިއްކަނީ އެންމެ 18ރ އަށް ކަމަށްވެސް އެކުންފުނިން ބުންޏެވެ.
ޗާރޖްޑްއާ ބެހޭ އިތުރު މައުލޫމާތާއި އެންމެ ފަހުގެ ޕްރޮމޯޝަންތައް ފަދަ ކަންކަން ދެނެގަތުމަށް، ފޭސްބުކް، އިންސްޓަގްރާމް އަދި ޓިކްޓޮކްގައި @ChargedMaldives ފޮލޯކުރާށެވެ.
ދުނިޔޭގެ އެންމެ މަގުބޫލް އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑް ކަމަށްވާ ކޮކާ-ކޯލާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭތާ 137 އަހަރު ވަނީ ވެފަ އެވެ. ރާއްޖޭގައި ކޮކާ-ކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދަ ކޮކާ-ކޯލާ ކޮމްޕެނީ އިން ވަނީ ކަރުހިއްކުން ފިލުވައިލަދޭ އަދި ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފުކޮށްފަ އެވެ. މީގެ އިތުރުން، އާންމުންގެ ދިރިއުޅުން އުޖާލާކޮށްދޭ ފަދަ ހަރަކާތްތަކާއި މަޝްރޫއުތައް ވެސް ކޮކާ-ކޯލާ ބްރޭންޑުން ކުރިއަށްގެންދެ އެވެ.
އެޑްވަޓޯރިއަލް
އެޑްވަޓޯރިއަލް
އެޑްވަޓޯރިއަލް
އެޑްވަޓޯރިއަލް