ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)ގެ ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުޅުވައިދެއްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި އެއްފަހަރާ ޖުމްލަ 200 މީހުންނަށް ހިދުމަތް ދެވެން ހުންނާނެ ކަމަށެވެ. އަދި ސެންޓަރުގައި އެކްސަސައިޒް ސައިންސް އެންޑް ޓެސްޓިން ރޫމެއްގެ އިތުރުން ކޮންޕްރެޝަން ތެރެޕީ ރޫމެއްވެސް ހުންނާނެ ކަމަށެވެ.
ޓީއެފްޖީގެ ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި އަންހެނުންނަށް އަދި ފިރިހެނުންނަށް ހާއްސަ ޗޭންޖިން ރޫމާއި "އައިސް ބާތު" އަދި "ސްޓީމް ރޫމް" އެއްވެސް ހުންނަ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން އެ ތަނުގައި ކުޅިވަރުގެ ތެރެއިން އެތްލީޓުންނަށް ލިބޭ އަނިޔާތައް އަވަހަށް ފަސޭހަކުރުމަށް ހާއްސަކޮށް "ހީލާ" ރޫމެއްވެސް ހުރެއެވެ.
އެ ސެންޓަރުގައި "ޖިމް އެންޑް ކެރީ" ގެ ނަމުގައި 42 ގޮނޑީގެ ޖާގައިގެ ކެފޭއެއް ވެސް ހުރެއެވެ.
ޓީއެފްޖީގެ ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ހުޅުވައިދެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ވަނީ އެ ފެސިލިޓީގައި ހިދުމަތްދޭ ތަންތަން ބައްލަވާލައްވައި އެތަންތަނުން ލިބޭ ހިދުމަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހޯއްދަވައިފައެވެ.
ޓީއެފްޖީ އިން ފިޓްނަސް އިންޑަސްޓްރީގައި ޙަރަކާތްތެރިވާން ފަށާފައި ވަނީ މީގެ 13 އަހަރު ކުރިން 2010 ވަނަ އަހަރުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު